ކިއުކަންބާ ނުކެޔަސް އޭގެ ފައިދާ ލިބިދާނެ

2790680_orig.jpg

ކިއުކަންބާ އަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ތަރުކާރީ އެކެކެވެ. ހަމަ އެހެންމެ ކިއުކަންބާ އަކީ ސިއްޙީ އެތައް ފައިދާތަކެއް ލިބޭ ތަރުކާރީއެކެވެ.

ކިއުކަންބާގެ %95 އަކީ ފެނެވެ. އޭގެ އިތުރުން ވިޓަމިން ކޭ އަދި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް އެކުލެވެއެވެ. ކިއުކަންބާގެ ތެރެއިން އެންމެ ފައިދާ ބޮޑީ ގަދަ ފެހި ކުލައިގައި ހުންނަ ކިއުކަންބާ އެވެ. ކިއުކަންބާއިން ލިބޭ ބައެއް ސިއްޙީ ފައިދާ ތަކުގެ ތެރޭގައި ހުޅުހުޅުގައި ރިއްސުން މަދު ކުރުމާއި، ކޮލެސްޓްރޯލް ދަށް ކުރުމާއި، ބަރުދަން ލުއި ކުރުމާއި، ކާބޯ ތަކެތި ހަޖަމު ވުމުގައި ފަސޭހަވުމާއި، ބޮލުގައި އަންމުކޮށް ރިއްސާނަމަ ފަރުވާއަކަށް، ކެންސަރުން ދުރުކޮށްދޭ، ހަށިގަނޑުގައި ހުންނަންވާ ވަރަށް ފެނުގެ މިންވަރު ބަލަހައްޓައިދޭ، އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ، ހަކުރު ބަލިން ދުރުކޮށްދޭ އަދި ލޭ މައްޗަށް ދިއުމުން ވެސް ދުރުކޮށްދެއެވެ.

މިއީ އާންމު ގޮތެއްގައި ކިއުކަންބާ ބޭނުން ކުރުމުން ލިބޭ ސިއްހީ ފައިދާ ތަކެވެ. މީގެ އިތުރުން ކިއުކަންބާ އަކީ ހަންގަނޑު ރީތިކޮށް ބަހައްޓައި ދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ބާވަތެކެވެ. އަދި ހަންގަނޑު ތާޒާކަންމަތީ ބަހައްޓައިދޭ އެއްޗެކެވެ.

ކިއުކަންބާ އިން ހަންގަޑަށް ލިބޭ ބައެއް ފައިދާ ތަކުގެތެރޭގައި ހަންގަނޑަށް އިތުރު އަލިކަމެއް ގެނެސްދިނުން، އަވީގެ ހޫނުން ހަންގަނޑު އެނދިޔަނުދީ ސަލާމަތްކޮށްދިނުން، ހޫނު ގަދަވުމުގެ ސަބަބުން ނަގާ އެކި ބާވަތުގެ ބިހި ނުވަތަ އެލާޖިކަށް ހައްލެއް، ހަންގަނޑަށް ރޫ ޖެހުމުން ދުރުކޮށްދިނުން، ލޯ ކައިރި ކަޅުވުމުން ދުރުކޮށްދޭ، ހަންގަނޑު ހެޔޮވުމުން ( އޮއިލީ ވުން) ދުރުކޮށްދޭ އަދި އޮށާޅަ ނެގުމުންވެސް ދުރުކޮށްދެއެވެ.

ކިއުކަންބާ ބޭނުންކޮށްގެން ހަންގަނޑު އަލި ކުރެވިދާނެ ގޮތްތަކެއް ހުރެއެވެ. އެގޮތުން ކިއުކަންބާއެއް ދެފަޅިކޮށްލުމަށްފަހު މޫނުގައި އުނގުޅާލާށެވެ. އަދި 30-20 މިނެޓުވަންދެން ބަހައްޓާށެވެ. އެޔަށްފަހު ފިނި ފެނުން މޫނު ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު 3 ފަހަރު ކިއުކަންބާ ބޭނުން ކުރުމުން ހަންގަނޑޫ އިތުރަށް އަލިކޮށްދެއެވެ. އަދި ހައްގަނޑަށް އިތުރު އަލިކަމެއް ގެނެސްދީ ތާޒާކަންމަތީ ބަހައްޓައިދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top