ރާއްޖެ އިސްލާމްވީ ދުވަސް – ފާހަގަކުރަންޖެހޭ ދުވަހެއް

maxresdefault-1.jpg

ތާރީޚުގެ ފަތްފުއްތަކުން އެނގެން އޮތް ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުންއައި އެހެން ދީންތައް ދޫކޮށްލާ ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީވެސް އެދުވަހު ކަމަށް ތާރީޚުން ހެކިދެއެވެ.

ރާއްޖެ އިސްލާމް ކުރެއްވީ މަޣްރިބް ކަރައިގެ ބޭފުޅެކޭ ބުނާ އަޑު އަޅުގަނޑުމެން އެންމެ ކުރީއްސުރެވެސް އަހަމެވެ. ތާރީޚުންވެސް އެނގޭ ގޮތުގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމް ދީނަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި މަޣްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.

މިކުޑަ ކުޑަ ޤައުމު ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮތުމަކީ ދިވެހީން މިނިވަންކަންމަތީ ދެމި ތިބުމުގެ އަސްލުކަންވެސް ޤަބޫލުކުރަންޖެހެއެވެ. ދިވެހީންގެ ނަސީބަކީ އިސްލާމީ ހިދާޔަތުގެ އަލި މިބިމަށް ފޯރާ މިފަސްގަނޑުގެ އެންމެންނަކީ އެއް ދީނަކަށް ތަބާވާ އެއް ޘަޤާފަތަކާއި އަދި އެއް ބަހަކުން ވާހަަކަ ދެއްކުމުގެ އިތުރުން އެއް ހަމަތަކެއް ޤަބޫލުކުރާ ބަޔަކަށްވުމެވެ. މިއަދުވެސް ރާއްޖެ މިގޮތުގައި ދެމި އޮތުމުގެ އަސްލަކީ އިސްލާމް ދީން ކަމާމެދު ޝައްކެއް ނެތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top