ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަގޫސްޓާރސް ޓީމު ހޯދައިފި

image-0-02-01-36af70474b4d19752e27ddab9966c9c611edf6e74275506ba33f0dab0c1464a3-V.jpg

ފައިނަލްމެޗް ޝަރަފްވެރިކޮށްދެއްވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ހުސެން ޒަމީލު ،ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވަނީ.

އަޟްހާއީދާ ގުޅިގެން ޑައުންޓައުން ގްރޫޕްގެ ފަރާތުން އޭދަފުށީގައި ބޭއްވި އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަގޫސްޓާރސް ހޯދައިފިއެވެ.

ރޭ އޭދަފުށިގެ ފުޓްސަލްދަނޑުގައި ރެކޯޑް އަދަދަކަށް ކުޅިބަލަން ދިޔަ މީހުންގެ ކުރިމަތީގައި މަގޫސްޓާސް ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި އެޓީމާ ވާދަކުރި ހުސްސޮގުން ކްލަބާ ބައްދަލުކޮށް 3-2ން ބަލިކޮށްފައެވެ.

މި މުބާރާތް ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވީ  ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަދި ޕީޕީއެމް ބ. އަތޮޅުގެ ކޯޑިނޭޓަރ ހުސެންޒަމީލުއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔަކަށް ޖަޖުންގެ ޕެނަލްއަކުން ހޮވާފައިވަނީ މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައިވާ މަގޫ ސްޓާގެ އައިޝަތު އަޒީމާ އެވެ.

އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އިތުރަށް ހިމެނެނީ ހުސްސޮގުންގެ އައިޝަތު ރަޝީދާ، މަރިޔަމް ލީޝާ، ފާތުމަތު ޝަފްނާ އަދި އިރުމަތީ ލަވާސް ފެމިނާގެ ފާތުމަތު ޒާހިރާ އެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވާފައިވަނީ  މަގޫ ސްޓާރގެ މުހައްމަދު ނަބީލު އެވެ. ފެއަރ ޕްލޭ ޓީމަކީ އިރުމަތީ ލަވާސް ފެމިނާ އެވެ.

މި މުބާރާތް ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top