ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން ހުއްޓާލައި ޖީއެސްޓީ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.
އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ މި އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. ނިޒާރު ހުށައެޅުއްވި އިސްލާހުގައި ބުނާގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީވާންޖެހޭ އާމްދަނީގެ ލިމިޓް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. މިހާރު ހިނގާ އެއް މިލިއަން ރުފިޔާގެ އުސޫލު ދެމިއޮންނާނީ މި އަހަރުގެ ނިޔަލަށެވެ.
އޭގެ އިތުރުން، މިހާރު ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ފާއިތުވި 12 މަހު ނުވަތަ ކުރިއަށް އޮތް 12 މަހު މުދަލާއި ޚިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ ދަށްވާނަމަ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅޭ ގޮތަށް ވެސް ބިލުގައި ހިމެނިފައިވެއެވެ.
މަޖިލީހުގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މި ބިލު މިހާރު ވަނީ ފާސްކޮށްފައެވެ.




