ޓިކްޓޮކްގައި ދަރިވަރަކަށް ބުލީކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

13268468_10156947225585594_5301315484866326895_o-740x435.jpg

ފުލުހުންގެ އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

ދަރިވަރުންތަކެއް އިންޓަނެޓު މެދުވެރިކޮށް އެހެން ދަރިވަރަކަށް ބުލީކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އިންޓަނެޓު މެދުވެރިކޮށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި އެކައުންޓެއް ހަދައިގެން، ދަރިވަރަކަށް އަމާޒުކޮށް ވަރަށް ބޮޑަށް ބުލީކޮށްފައިވާ މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.

އެގޮތުން އަނިޔާ ލިބުނު ކުއްޖާގެ ޒާތީ ސިފައަށް ބަދުބަސް ބުނެ ފުރައްސާރަކުރުމުގެ އިތުރުން، އެ ކުއްޖާގެ ފޮޓޯވެސް އާންމުކޮށްފައިވެއެވެ.

މީގެއިތުރުން، އެ އެކައުންޓް މެދުވެރިކޮށް އެ ކުއްޖާއަށް އެކި ކަހަލަ އިންޒާރުތައް ދީ، ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ފަދަ މޭރުމުން ވާހަކަތައް ލިޔެފައިވެއެވެ.

އާންމު ގޮތެއްގައި ކުޑަކުދިންނާ ގުޅުން ހުންނަ މައްސަލަތަކުގައި ފުލުހުން ރަށުގެ ތަފުސީލު އާންމެއް ނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ދަރިވަރުން އެހެން ދަރިވަރުންނަށް ގަނާކުރުމާއި، ޚާއްސަކޮށް މީސްމީޑިއާ މެދުވެރިކޮށް އެފަދަ އަމަލުތައް ހިންގުން އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top