ކްލަބް ޖަމިއްޔާ ތަކަށްވެސް ބައިވެރި ވެވޭގޮތަށް މަސްވެރިންގެ ދުވަހުގެ ބަހުސް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

faee52db-b0e0-4516-8fc2-7ffd678df80a.jpg

46 ވަނަ މަސްވެރިންގެ ދުވަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ބާއްވާ، ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

”މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން“ މި ޝިޢާރުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ތިނަކުން ހަތެއްގެ ނިޔަލަށެވެ.

މި މުބާރާތުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކަޑަމީތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން، އަމިއްލަ ގޮތުން ޓީމު ހަދައިގެން ވާދަކުރަން އެދޭ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި 3 ބައިވެރިން ތިބެންޖެހޭއިރު، ބަދަލުގައި އަރާނެ އިތުރު 2 ބައިވެރިން ޓީމުގައި ހިމެނިދާނެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މުބާރާތުގެ ނިމުމުގައި އެންމެ މޮޅު 3 ބަހުސްކުރުންތެރިންގެ އިތުރުން، އެންމެ މޮޅު 3 ޓީމު ހޮވާނެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ ނޮވެމްބަރު މަހުގެ 5 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވުޒާރާއަށް ހުށަހެޅުމަށް އެ މިނިސްޓްރީން  އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top