5 ރުފިޔާ ނޫޓްގެ އާ ސްޓޮކެއް މާދަމާ ނެރެނީ

img_6acf14fc47470357064947.jpg
5 ރުފިޔާގެ ނޫޓްގެ އާ ސްޓޮކެއް މާދަމާ ދައުރުކުރަން ފަށާނެކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެ ފިއެވެ.

އެމްއެމްއޭއިން ބުނީ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 5 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން 14 އޮކްޓޫބަރު 2026ގައި އައު ސްޓޮކެއް ގެނެސްފައިވާކަމަށެވެ.

އިގްތިސާދުގައި ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީއަށް ލިބޭ ނޫޓުގެ ތެރެއިން ބަާވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށ،ް ނޫޓު ޗާޕުކުރުމުގެ މަސައްކަތް މި އޮތޯރިޓީން އަބަދު ވެސް ކުރަމުންދާކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. އެގޮތުނ،ް އަލަށް ނެރޭ 5 ރުފިޔާގެ އާ ސްޓޮކަކ،ީ 2017 ވަނަ އަހަރު 5 ރުފިޔާގެ ނޫޓު ތައާރަފުކުރި ފަހުން މި ނޫޓު އަލުން ޗާޕުކޮށްގެން ގެނައި ފުރަތަމަ ސްޓޮކް ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއްވަ އެެވެ.

ފަސް ރުފިޔާގެ ނޫޓަކީ ވިޔަފާރި މުއާމަލާތްތަކުގައި ވިޔަފާރިތަކުން ގިނަ އަދަދަކަށް ބޭނުންކުރާ ނޫޓެެއް ނަމަވެސް މި ނޫޓަކީ ބޭންކުތައް މެދުވެރިކޮށް މި އޮތޯރިޓީއަށް އަނބުރާ ޖަމާކުރާ މިންވަރު ވަރަށް ދަށް ނޫޓެއްކަމަށް އެމްއެމްއޭއިން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top