އަނބިމީހާގެ އެކައުންޓުން ވައްކަންކުރި ފިރިމީހާ 7 މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ތ. ތިމަރަފުށީ ލުނބޯމާގެ، މުހައްމަދު މޫސާގެ މައްޗަށް މި ހުކުން ކުރީ އެރަށު މެޖިސްޓްރޭޓް ކޯޓުންނެވެ.
އޭނަ ޖަލަށް ލާން ހުކުމްކުރީ އަންހެނުން މަރަފުށީ، ކަށިކެޔޮމާގެ، ފާތިމަތު މިޒްނާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައި އޮންނަ އެކައުންޓުން އެކި ދުވަސް މަތިން ވަގަށް 8،150ރ. ނެގު މައްސަލައިގަ އެވެ.
މިކަމާ ގުޅިގެން އޭނަގެ މައްޗަށް އުފުލި ދައުވާ އަށް މޫސަ އިއުތިރާފު ވެފައިވާތީ ތިމަރަފުށީ ކޯޓުން އިއްވީ 7 މަހާއި 3 ދުވަަހުގެ މުއްދަތަށް ޖަލަށްލުމުގެ ލުއި ހުކުމެކެވެ.
އެ މައްސަލައިގައި މޫސަ ކުރިން ތިން ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ އޭނަ މިހާރު ތަންފީޒުކު ކުރަން ޖެހެނީ 7 މަހުގެ ޖަލު ހުކުމެކެވެ.
މޫސަގެ މައްޗަށް އިއްވި ޖަލު ހުކުމް ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށް ދޭން އޭނަ ކޯޓްގައި އެދުނެވެ. ނަމަވެސް ކޯޓުން އެގޮތަށް މައްސަލަ ނިންމައި ދީފައެއް ނުވެ އެވެ.





