ޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސް

big_tlme74vca3rISSW3CvPNYCBgx.jpg

ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ޒުވާން ޖީލުތަކަށް މަގު ދައްކައި ދިނުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މުދައްރިސުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކޮށްދީ، އެންމެން ޝާމިލުވާ ތަޢުލީމީ ނިޒާމެއް ހަރުދަނާކުރުމަށް ކަމަށެވެ. އަދި ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށްޓަކައި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ވެސް ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުދައްރިސުން އަދާކުރައްވާ މުހިންމު ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާޙައުލެއް އެބޭފުޅުންނަށް ފަހިކޮށްދިނުން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. ސަބަބަކީ މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިންނާއި މުޅި ޤައުމު ބިނާވެގެންދާނެ ބިންގާ ވަރުގަދަކޮށްދޭނެ ކަމަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.

މުދައްރިސުންގެ ދުޅަހެޔޮ ކަމަށާއި މަސައްކަތުގެ ބުރަ ކުޑަ ކުރުމަށާއި ވަޒީފާގެ މާހައުލު ރަނގަޅު ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި މީގެ އިތުރުން ހުރިހާ ކުދިން ޝާމިލުކުރާ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައި ދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިވަރުންނާއި މުޅި ގައުމުގެ ކުރިއެރުމުގެ ބިންގާ ވަރުގަދަކުރުން،” ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، އުނގަންނައި ދިނުމުގެ ފަންނުގެ އަގުވަޒަންކޮށް، މުދައްރިސުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ކިބައިގައިވާ ހުނަރުތައް އެންމެ ފުރިހަމައަށް ތަރައްގީކުރާ ކުއްޖަކަށް ހެދުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބިދޭ ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމި ތިބުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top