ބޯކޮށް ވާރޭ ވެހޭނެތީ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 9:30 އާއި ހަމައަށެވެ.
އެގޮތުން އެ ވަގުތާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކުރިއަށް އޮތް ތިން ދުވަހަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށާއި އެގޮތުން ހުޅަނގު މޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.





