ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތު ބ. އޭދަފުށީގައި މިއަދު ބާއްވައިފިއެވެ.
މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، މާޅޮސްމަޑުލުލު ދެކުނު ބުރީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ، އޭދަފުށި ގޮފި ހުންނަ އިމާރާތުގައެވެ.
އިސްވެ ދިދަ ނަންގަވައިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި އޭދަފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވި އެވެ،
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.






