ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން، އިސް ދަރިވަރުންނާއެކު ކުލަގަދަކޮށް ފާހަގަކުރަނީ

large_178496733447Og9C.png

ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުން

ބ.ހިތާދޫ ސްކޫލަށް 75 އަހަރުފުރޭ ޑައިމަންޑް ޖުބުލީ ފާހަގަކުރުމުގެ ގޮތުން އެރަށުގައި ކުރިއަށް ގެންދާ ހަރަކާތްތައް އިއްޔެއިން ފެށީގެން އެ ސްކޫލުގެ އިސް ދަރިވަރުންނާއެކު ކުލަގަދަކޮށް ފާހަގަކުރަން ފަށައިފިއެވެ.

ހިތާދޫ ސްކޫލުން އެ ސްކޫލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އިއްޔެ މި ހަރަކާތްތައް ފަށައިފައިވާއިރު، އިއްޔެ ދަރިވަރުންނާއި އިސް ދަރިވަރުންގެ އުފަލުގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން އެ ހަވީރުގައި ސްކޫލުގެ އިސްދަރިވަރުންގެ ރައިވަރު ކިޔުމާއި ބަނދިކިޔުން ފަދަ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު ތަފާތު ގޭމްތައްވެސް ވަނީ ބާއްވާފައެވެ.

މިއަދު ހެނދުނު ވަނީ އަހަރީ ދުވަހުގެ ޚާއްސަ ދުވުން، 75 މިނެޓަށް ކުރިއަށްގެންގޮސްފައެވެ. މި ދުވުމުގައި ވެސް ސްކޫލުގެ ދަރިވަރުންނާއި އިސް ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެ ރަށުން މައުލޫމާތު ލިބުނު ގޮތުގައި، ހެނދުނުގެ ދުވުން ނިންމާލުމަށްފަހު މާދަމާ އޮންނަ އެއްބައިވަންތަކަމުގެ ކެއުމަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު މިހާރު އެ ރަށުގައި ކުރަމުން އެބަދެއެވެ. ކެއްކުމުގެ މަސައްކަތަށް ތައްޔާރުވަމުންދާއިރު އިސް ދަރިވަރުންގެ ފަރާތުން ރައިވަރާއި ފަރިއްސާއި އަންބާގެ ހުށަހެޅުންތަކާއެކު ކެއްކުމުގެ ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން އޭނާ ފާހަގަ ކުރި އެވެ.

ހިތާދޫ ސްކޫލަށް 75 އަހަރުފުރޭ ޑައިމަންޑް ޖުބުލީ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާއިރު އެ ދުވަހު، 75 އަހަރު ފުރުން ފާހަގަކުރުމަށް 75 ގަސް އިންދުމުގެ ހަރަކާތެއް ވަނީ ރާވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top