މީޑިޔާނެޓުގެ ޚިދުމަތަށް ދިމާވި މައްސަލަ އަކާ ގުޅިގެން ފީފާ ވޯލްޑް ކަޕް ފައިނަލްގެ ލައިވް މެދުކެނޑިއްޖެ

cd643c71-ae35-4812-8c41-202d81094c0c.jpg

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ ފައިނަލް މެޗު ވަގުތުން ދައްކަމުން ދަނިކޮށް، މީޑިއާނެޓްގެ ޚިދުމަތަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ޚިދުމަތް ދިނުން މެދު ކެނޑުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެވަގުތު މެޗްބަލަމުން ދިޔަ ފުޓްބޯޅަ ސަޕޯޓަރުން މާޔޫސް ވެއްޖެއެވެ.

މި މެޗުގެ މުހިންމު ވަގުތުތަކުގައި ޚިދުމަތް މެދުކެނޑުމުގެ ސަބަބުން، 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ކުރި ހޯދި މަންޒަރު އޭދަފުށީގެ ޓީވީތަކަށް ލިބުނު ނަމަވެސް ރާއްޖޭގެ ގިނަ ބަޔަކަށް ނުފެނުނެވެ. މީގެ އިތުރުން، މުބާރާތުގެ ތަށި ހަވާލުކުރުމާއި މެޗަށްފަހު ބޭއްވުނު އުފާފާޅުކުރުމުގެ މަންޒަރުތަކެއްވެސް ދިވެހިންނަށް ވަނީ ގެއްލިފައެވެ.

ޚިދުމަތް މެދުކެނޑުނުތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި، މީޑިއާނެޓްގެ ކަސްޓަމަރުން ދިޔައީ ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާތައް ބޮޑުކުރަމުންނެވެ. އެއް މަސް ދުވަހުގެ ދިގު މުބާރާތެއްގެ ހުރިހާ މެޗެއް ބެލުމަށްފަހު، އެންމެ ފަހު އަދި އެންމެ މުހިންމު ވަގުތުކޮޅު ނުފެނުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން މި ފައިނަލް ބަލަމުންދިޔަ އިރު، ރާއްޖޭގެ އެތައް ހާސް ސަޕޯޓަރުންނަކަށް ޖެހުނީ ހުސް ޓީވީ ސްކްރީނެއްގެ ކުރިމަތީގައި ތިބޭށެވެ. މުޅި އިންޓަނެޓުގައި މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު މުބާރާތެއްގެ އެންމެ މުހިންމު ވަގުތުގައި މިފަދަ މައްސަލައެއް ދިމާވާން މެދުވެރިވި ސަބަބާ ބެހޭގޮތުންނެވެ.

މީޑިއާނެޓަކީ ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރަސްމީ ބްރޯޑްކާސްޓަރަށް ވެފައި، މުބާރާތް ފެށުނީއްސުރެ އެކަމުގެ އިޝްތިހާރުތައް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އައި ކުންފުންޏެކެވެ. ނަމަވެސް، ދިމާވި މި ކުއްލި މައްސަލައިގެ ސަބަބުން މުޅި ރާއްޖޭގެ ސަޕޯޓަރުންނަށް ލިބެންޖެހޭ އުފާވެރިކަމަށް ވަނީ ހިޔަނި އެޅިފައެވެ.

މި މައްސަލަ ދިމާވި ސަބަބާ ބެހޭގޮތުން މީޑިއާނެޓުން އެ ވަގުތު ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. މެޗު ކުރިއަށް ދިޔަ ވަގުތު ބެލުންތެރިން އިންތިޒާރުގައި ތިބި ނަމަވެސް، މެޗުގެ ފަހު ވަގުތުތަކާއި ވޯލްޑް ކަޕް ތަށި އުފުލާލި މަންޒަރުވެސް ނުފެނެއެވެ.

މި ކަމާ ގުޅިގެން، މުޅި ގައުމު ބަލާ މިފަދަ ބޮޑެތި ލައިވް އިވެންޓުތަކުގައި ޚިދުމަތުގެ ފެންވަރު މިއަށްވުރެ އިތުބާރު ބޮޑުގޮތަކަށް ފޯރުކޮށްދިނުމަށް ކަސްޓަމަރުން ދަނީ ގޮވާލަމުންނެވެ. އަދި މިކަން ދިމާވި ސަބަބު ތަފްސީލުކޮށް ހާމަކުރުމަށާއި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދިނުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top