އަތޮޅު ކައުންސިލްތައް އެލްޖީއޭގެ ގޮފިތަކަށް

DSCN6125-1.jpg

ބ.އަތޮޅު ކައުންސިލް ހިންގި އިމާރާތް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙުތަކާއެކު އަތޮޅު ކައުންސިލްތައް އުވިފައިވާތީ، އެ ކައުންސިލްތައް ހިންގަމުން އައި އިމާރާތްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ގޮފިތަކެއްގެ ގޮތުގައި ހިންގުމަށް ހަމަޖައްސައިފިއެވެ.

މި ބަދަލާއެކު، އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރި ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ލާމަރުކަޒީ ގާނޫނުގެ 58 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ، އެލްޖީއޭގެ މަސްއޫލިއްޔަތުތައް އިދާރީ ދާއިރާގެ ފެންވަރުގައި ތަންފީޒުކުރުމަށްޓަކައި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި އޮފީސްތައް ގާއިމުކޮށް ހިންގުމުގެ އިޙްތިޔާރު އެ އޮތޯރިޓީއަށް ލިބިގެންވާ ކަމަށެވެ. އެލްޖީއޭއިން މައުލޫމާތު ދޭ ގޮތުގައި، މި އޮފީސްތަކުން ދެން ކުރިއަށް ގެންދާނީ ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމާއި އެލްޖީއޭގެ މައި އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް އަތޮޅު ފެންވަރުގައި ދިނުމުގެ މަސައްކަތެވެ.

އެލްޖީއޭގެ ހުރިހާ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާއިރު، ކުރީގެ އަތޮޅު ކައުންސިލް މުވައްޒަފުންގެ މުސާރައާއި ވަޒީފާގެ ދަރަޖައަށް ބަދަލެއް ނާންނާނެއެވެ. ”އެލްޖީއޭގެ އަތޮޅު އޮފީސް“ ތަކުގެ ނަމުގައި ހިންގާ މި ގޮފިތަކުގެ ސަބަބުން ކައުންސިލްތަކާއި އެލްޖީއޭއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ގާނޫނީ ޒިންމާތައް އަދާކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top