ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަމިއްލަ ގޮތުން އިމްތިޙާނު ހަދާ ކުދިންނަށް ލުއިފަސޭހަ ހޯދައިދިނުމުގެ ބޭނުމުގައި މިއަހަރު އަލުން ރާއްޖޭގައި ބާއްވަން ނިންމި މެއި/ޖޫން އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް އޭދަފުށިން 23 ފޯމާއެކު ޖުމްލަ 1،229 ދަރިވަރުން ފޯމު ހުށަހަޅައިފިއެވެ.
ތައުލީމީ ވުޒާރާއިން އާންމުކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުން، މި އިމްތިޙާނުގައި ބައިވެރިވުމަށް އެންމެ ގިނަ އެޕްލިކޭޝަން ލިބިފައި ވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނެވެ. އެއީ ޖުމްލަ 916 ފޯމެވެ. މާލެ ސަރަޙައްދު ފިޔަވައި އަތޮޅުތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބިފައި ވަނީ އައްޑޫ ސިޓީ ހިތަދޫއިންނެވެ. އެރަށުން އެކަނި ވެސް 147 ދަރިވަރަކު ވަނީ އިމްތިޙާނުގައި އިށީނުމަށް ނިންމާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު، އޭދަފުށިން 23، ފުވައްމުލަކުން 27، ލ. ގަމުން 2 ، އޭދަފުށިން 23، އަދި ގދ. ތިނަދޫން 18 ކުދިން ފޯމު ލާފައިވެއެވެ. އަދި މިލަންދޫން 17، އިހަވަންދޫން 15، ނައިފަރުން 14، ފ. ނިލަންދޫން 12، އަދި ކުޅުދުއްފުށިން 11 ކުދިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ރ. މީދޫ އާއި ކުޑަހުވަދޫން ދެ ކުދިން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރުން މި ބަދަލު ގެންނަވަން ނިންމެވީ، 2019ވަނަ އަހަރުން ފެށިގެން މި ސީރީޒް މެދުކަނޑާލާފައި އޮތުމުގެ ސަބަބުން އަމިއްލަ ގޮތުން އިމްތިޙާނު ހަދާ ދަރިވަރުންނަށް ކުރިމަތިވަމުންދިޔަ މާލީ ދަތިތަކާއި އެނޫން ވެސް ހުރަސްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ. ތަޢުލީމާބެހޭ ވުޒާރާއިން ކަށަވަރުކޮށްދެއްވާ ގޮތުގައި، ޕްރައިވެޓް ކެންޑިޑޭޓުންނަށް މެއި/ޖޫން އިމްތިޙާނު ހުޅުވާލި ނަމަވެސް، ސްކޫލްތަކުގައި ރަސްމީކޮށް ކިޔަވަމުންދާ ދަރިވަރުންގެ އޭލެވެލް އިމްތިޙާނު އޮންނާނީ ކުރިން ވެސް އޮންނަ އުސޫލުން އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގައެވެ.






