ޒާކިރުއާއި އަލީ ހުސޭން އާއި ދެކޮޅަށް ކެންދޫ ދާއިރާގެ ހުރިހާ ގޮނޑި ޕީއެންސީއަށް

Screenshot-2026-04-06-at-06.46.59-2048x1119-1.png

ކެންދޫގެ ގޮނޑިތައް ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުން،

ލޯކަލް ކައުންސިލް އިންތިޚާބުގައި ބ. ކެންދޫ ކައުންސިލްގެ ހުރިހާ ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުރިހާ ގޮނޑި,  ބޮޑު ތަފާތަކުން ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބު ކޮށްފިއެވެ.

ސަރުކާރަށް އެންމެ އަޑުގަދަކޮށް ފާޑުކިޔާ އެއް ބޭފުޅާގެ ގޮތުގައި ފާހަގަކުރެވޭ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެންގެ އުފަން ރަށުގެ ރައްޔިތުން  އެބޭފުޅުންނާއި ދެކޮޅަށް މިވަރުގެ ބޮޑު ނިންމުމެއް ނިންމާފައި މިވަނީ މި ދެބޭފުޅުންގެ ތާއީދުވެސް ރަށުގައި ނެތުމުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކެންދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބުކުރީ އޭނާއާ ވާދަކުރި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނާއި ވާދަކޮށް ކޮންގްރެސްގެ ކެންޑިޑޭޓް އަހްމަދު ޝާން އެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރީ 454 ވޯޓް ހޯދައިގެންނެވެ. އަބްދުއްރަހުމާނަށް ލިބުނީ 360 ވޯޓެވެ.

ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ވެސް ކާމިޔާބު ކުރީ 444 ވޯޓާއި އެކު ކޮންގްރެސްގެ ކެންޑިޑޭޓް ނައިލާ ނިޒާރު އެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ލިއުޝާއަށް ލިބުނީ 342 ވޯޓެވެ.

އަންހެނުންގެ ތަރައްގީ،އަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ނަޒީރާ އަހްމަދު އެވެ. އޭނާ ވަނީ 329 ވޯޓް ހޯދާފައެވެ. ނަޒީރާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިފާއަށް ލިބިފައިވަނީ 265 ވޯޓެވެ.

މީގެ އިތުރުން އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ބާކީ އޮތް ދެ މަގާމު ވެސް ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެގޮތުން ކޮންގްރެސްގެ ކެންޑިޑޭޓް ގަމަރިއްޔާ އަބޫބަކުރާއި ނަޒީރާ އަލީ ވަނީ މި އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކޮށްފައެވެ.

މި ނަތީޖާއާއެކު ކެންދޫގެ ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރު ހިންގާ ޕާޓީއަށް ވަނީ ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top