ބ.އަތޮޅު ހިރުންދޫއާއި ވެޔޮފުށި ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމަވައިފިއެވެ.
އެމިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން މި ދެރަށް ވަރުވާއަށް ހިފަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ މުއްދަތަކީ މިއަދުން ފެށިގެން އަންނަމަހުގެ 15 ގެ ނިޔަލަށެވެ. ބިޑްފޯމް ވިއްކަން ހުންނާނީ އެމިނިސްޓްރީގައެވެ. ފޯމެއްގެ އަގަކީ 20ރުފިޔާ އެވެ.
ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 10އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ވަރުވާ އަށް ރަށެއް ދޫކުރުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކެވެ.