ދިވެހިންނަށް ލަތާ މަންގޭޝްކަރު ސްކޯލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު

136291843.jpg

އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ލަތާ މަންގޭޝްކަރުގެ ހަނދާނުގައި އެޤައުމުންދޭ ސްކޯލާޝިޕްގެ ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނީ ލަތާ މަންގޭޝްކަރު ސްކޯލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް،މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ދީފައިވާކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ދިވެހިންނަށް ފުރުސަތު ހުޅުވާލާފައިވަނީ، އާރޓް އެންޑް ކަލްޗަރގެ ދާއިރާއިން 10 ފުރުސަތެވެ. ހަޔަރ އެޑިއުކޭޝަނުން ބުނީ، ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ކަންކަން ކުރިއަށްގެންދާނީ ސްކޮލަރޝިޕް ދޭ ފަރާތުންކަމަށެވެ. ޕްރޮގްރާމާ ގުޅޭ އިތުރު ތަފްސީލާއި، އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ، https://a2ascholarships.iccr.gov.in/ ވެބްސައިޓް މެދުވެރިކޮށެވެ.

މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރިލްމަހުގެ 15 ވާ ބުދަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނޭކަމަ ހަޔަރ އެޑިއުކޭޝަނުން ބުންޏެވެ.

ސްކޯލާޝިޕަށް ހުށަހެޅުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، އަދި ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ޔަގީންކުރުމަށްވެސް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އަދި އެފަދަ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށްވެސް އިލްތިމާސް ކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top