ތަރައްގީއަށް ހުރަސްއަޅާ ކައުންސިލަރުން ބޭނުމެއް ނޫން: ޝިޔާމް

IMG_8373.jpeg

މިނިސްޓަރު ޝިޔާމް، ފޮޓޯ: ޕީއެންސީ

ސަރުކާރުގެ ތަރައްގީގެ ސްޕީޑު ލަސްކުރަން ފާޅުގައި މަސައްކަތްކުރާ ކައުންސިލަރުން ބޭނުން ނުވާކަމަށާއި ރައްޔިތުންގެ އެދޭ ތަރައްގީ ގެނައުމުގައި އެންމެ ދުވަހެއް ވެސް ލަސްކުރެވެން ނެތް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ޝިޔާމް ވަނީ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އިދިކޮޅު ކައުންސިލަރުން ތިބެގެން ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަށް ތަކުރާރުކޮށް ރައްދު ދެއްވާފަ އެވެ.

އެގޮތުން ރައްޔިތުން ބޭނުންވަނީ ސަރުކާރުން އެ ރަށެއްގައި ފަށާފައި ހުރި ކަންކަން ހަލުވި މިނުގައި ކުރިއަށް ގެންދިއުމަށް ކަމަށާއި އެކަންކަމަށް މަޑުޖެހުމެއް ނައިސް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާއާ އެކު އެމަނިކުފާނުގެ ތަސައްވުރު ގަބޫލުކުރާ ބަޔަކު ކައުންސިލުތަކަށް ހޮވައިގެންކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫންކަމަށާއި އެމޭރުމުން ރައްޔިތުންނަށް އެކަން ވިސްނައި ނުދިނުމަށް ޝިޔާމް ވަނީ އެމްޑީޕީއަށް ވެސް ގޮވާލައްވާފަ އެވެ.

“އަޅުގަނޑުމެން ތަރައްގީގެ ސަފުގައި ފަހަތުގައި ތިބިއިރު ރައްޔިތުން ބޭނުންވާ ތަރައްްގީ ގެނައުމުގައި ކޮންމެ ވަގުތެއް ބޭނުންވޭ. އެއް ދުވަސް ދެ ދުވަސް ނުވަތަ މަސްދުވަސް ލަސްވިޔަސް ދަތިވޭ އެބަ. ހިޔާލު ތަފާތުވެގެން އެންމެ ދުވަހެއްވެސް ލަސްކުރެވޭކަށް ނެތް. ކައުންސިލު ސިޓީއެއް ނުލިބެއޭ، މާދަމާ ތި ސިޓީއަށް ޖަވާބު ދޭނަމޭ. އެގޮތަށް ވިދާޅުވާ ކައުންސިލަރުންނެއް ބޭނުން ނޫން މިއަދު. އެހެންވެގެން ޕީއެންސީގެ ކައުންސިލަރުން ބޭނުންވަނީ. ” ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެނުއަލް ބަޖެޓަކުން އެންމެ ގިނަ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގުމަށް ތައްޔާރުވެފައި ވަނީ މި އަހަރު ކަމަށެވެ. އެހެންކަމުން މި މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް އެހީތެރިވާނޭ ބަޔަކު ކައުންސިލުތަކަށް ހޮވައި ދިނުމަށް ޝިޔާމް އިލްތިމާސް ކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top