ބެޑްމިންޓަން އެކަޑަމީގެ ”އެވޯޑް ނައިޓް 2026“ ޖޫން 6 ގައި

WhatsApp-Image-2026-02-24-at-11.53.37-AM.jpeg

ރިވައިވަލް ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ފަރާތުން ބާއްވާ ”އެވޯޑް ނައިޓް 2026“ އަންނަ މާޗް މަހު 6ވަނަ ދުަވހުގެ ރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބާއްވަން ނިންމައިފި އެވެ.

މިއީ އެ އެކަޑަމީގެ ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރުމަށް ބާއްވާ ޚާއްސަ ހަފްލާއެކެވެ.

މި ހަފްލާގައި، އެތުލީތުންގެ ހުނަރާއި ކުރިއެރުން ފާހަގަ ކުރުމާއި، ކުޅުންތެރިންގެ މެދުގައި އޮންނަ އެކުވެރިކަމާއި ކުޅިވަރުގެ ރޫހު ދެމެހެއްޓުމުގައި އެކަޑަމީއަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށް އެވޯޑު ދިނުން ހިމެނޭ ކަމަށް ރިވައިވަލް ބެޑްމިންޓަން އެކަޑަމީން ބުންޏެވެ.

އެ އެކަޑަމީން ބުނީ، މިއީ އެކަޑެމީގެ ކުޅުންތެރިންނާއި، ބެލެނިވެރިންނާއި ކޯޗުން ގުޅިގެން ކުރަމުންދާ ދަތުރުގެ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ހަފުލާގައި ބައިވެރިވުމަށް ބެޑްމިންޓަންގެ އާއިލާތަކަށް މިހާރު ވަނީ ދައުވަތު އަރުވާފައެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީން އަންނަނީ މާލޭގެ ރިވައިވަލްސް ސްޕޯޓްސްއާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެ، ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top