އެމްއޭސީއެލް އިން ބުނި ގޮތުގައި، މިހާރު ބޭނުންކުރަމުންދާ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މަރާމާތުގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ހުޅުވިތާ އަހަރެއްގެ ތެރޭގައި ފަސް ލައްކައަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.





