މޯލްޑިވިއަން އައިޑަލްގެ ތަރިން އޭދަފުށްޓަށް

big_XTLWEbWhlyUtM1V.jpg

މޯލްޑިވިއަން އައިޑަލް ކާމިޔާބުކޮށްފައިވާ ލައިޝާ ޖުނައިދު އާއެކު ފައިނަލްގައި ވާދަކުރި ތަރިން ހިމެނޭ ގޮތަށް ޝޯއެއް ދިނުމަށް އޭދަފުށްޓަށް އައުމަށް ހަމަޖެހިއްޖެއެވެ.

ޝޯ އިންތިޒާމުކުރާ އޭދަފުށީ ފަސްމުގޫ ގްރޫޕްގެ ޑިރެކްޓަރަކު އޭދަފުށީ ވޮއިސްއަށް މައުލޫމާތު ދިން ގޮތުގައި މި ޝޯގެ ހުރިހާކަމެއް މިހާރުވަނީ ހަމަޖެހިފައިވާ ކަމަށާއި ރޭވިފައިވާ ގޮތަށް ކަންތައް ހިނގަމުން ދާނަމަ އަންނަ ބުރާސްފަތި ދުވަހުގެ ރޭ މި ޝޯ އޭދަފުށީގައި އޮންނާނެއެވެ.

ޝޯއާބެހޭ އިތުރު މައުލޫމާތުދެމުން ބުނީ މި ޝޯ ބޭއްވުމުގެ ބޭނުމަކީ ފަސްމުގޫ ގްރޫޕުން ކުރާ ވިޔަފާރި ، ބ. އަތޮޅުގެ ރައްޔިތުންނަށް އިތުރަށް ތައާރަފް ކުރުމުގެ ގޮތުންނާއި އެކުވެރި މާހައުލެއްގައި މި ފަދަ ޝޯއެއް ބޭއްވުމުގެ ސަބަބުން ލިބޭނެ ހިތްހަމަޖެހުމާ އުފާވެރިކަން ފަސްމުގޫ ގްރޫޕާއެކު ހިއްސާ ކުރުން ކަމުގައެވެ.

މި ޝޯއިން އެ ފަންނާނުންގެ ކުޅަދާނަކަން ފެނުމުގެ އިތުރުންވެސް ޚާއްސަ ކަންތައް ތަކެއް ފެނިގެން ދާނެކަމަށާއި، މީގެ އިތުރުން މިދިޔަ ރޯދަމަހު ފަސްމުގޫ ފިހާރައިން ކުރިއަށް ގެންދިޔަ އެއްލައްކަ ރުފިޔާގެ ޕްރޮމޯޝަންގެ ގުރުއަތުލުމާއެކު އިނާމުގެ ހައްގުވެރިންނަށް އިނާމު ހަވާލުކުރުން އޮންނާނެއެވެ.  މިނޫންވެސް އިތުރު ކަންތައްތަކެއް ރޭވިފައިވާކަމުގެ މައުލޫމާތު އީވީއާ ހިއްސާ ކުރެއްވިއެވެ.

ފަސްމުގޫ ގްރޫޕްގެ ފަރާތުން އޭދަފުށީގައި ހިންގާ ފަސްމުގޫ ފިހާރައަކީ ބ. އަތޮޅުގައި އެންމެ ފުޅާ ދާއިރއެއްގައި ހޯލްސޭލް ވިޔަފާރި އާއި ރިޓެއިލް ވިޔަފާރި ހިންގާ ފަރާތެވެ. މިގްރޫޕްގެ ކާމިޔާބާއެކު ދާދި ފަހުން ފަސްމުގޫ ފިހާރަ ވަނީ ސުޕަރމާކެޓަކަށް ބަދަލު ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top