ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓް އިތުރު ކޮށްފި

335472_3_7a77963bcad566f36909fa9d95e28a72c97e40b2.webp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ ލިމިޓް އިތުރު ކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

މި ބަދަލާއެކު، ބީއެމްއެލްގެ ކްލެސިކް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ.

އަދި ގޯލްޑް ކާޑުތަކުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކޮށްފައިވާއިރު، ‘ޕްލެޓިނަމް’ ކާޑުތަކުގެ ލިމިޓް ވަނީ 1،500 ޑޮލަރުން 3،000 ޑޮލަރަށް އިތުރުކޮށްފައެވެ.

ބޭންކުން ބުނީ މިއީ ކޮންމެ ކަސްމަރަކަށް ޑެބިޓް ކާޑުން ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ލިމިޓްގެ އިތުރުން އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސައިފައިވާ ލިމިޓެއް ކަމަށެވެ.

ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ބޮޑުކުރީ މިދިޔަ ނޮވެމްބަރު 11ވަނަ ދުވަހުން ފެށިގެން 1،000 ޑޮލަރާ ހަމައަށެވެ.

ބީއެމްއެލްއިން މިގޮތަށް ނިންމާފައިވަނީ، ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކާއި، އޮންލައިން ޝޮޕިންގް އާއި، ތައުލީމާއި، ސިއްހީ ކަންކަމަށް ކުރާ ހޭދަ ފަދަ ބައިނަލްއަގުވާމީ މުއާމަލާތްތަކުގައި ކާޑު ބޭނުންކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަކަމާއި ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުންކަމަށް އެބޭންކުން ބުނެއެވެ.

މި ނިންމުމަށް އަމަލުކުރަން ފަށާނީ 1 ފެބުރުވަރީ 2026 އިން ފެށިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top