ޕޮއިސް ގެ އާ ފިހާރަ ”ޕޮއިސް ޕާފިއުމްސް ބިއުޓީ“ ހުޅުމާލެ ފޭސް ދޭއްގައި ހުޅުވައިފި

hjk.jpg

ޕޮއިސް ޕާފިއުމްސް ބިއުޓީ ހުޅުވުން—ފޮޓޯ:ހުޝާމް

ބައިނަލް އަގުވާމީ ނަން މަޝްހޫރު އެކި ބްރޭންޑްތަކުގެ ސެންޓާއި ކޮސްމެޓިކްސް އަދި މޭކަޕްގެ ގިނަ ވައްތަރު ތަކެއް ރައްޔިތުންގެ އަތްފޯރާ ފަށަށް ގެނެސް ވިއްކަމުން ގެންދާ މަޝްހޫރު ޕޮއިސް ޕާފިއުމްސް ގެ އާ ފިހާރައެއް ހުޅުމާލެ 2 ގައި ހުޅުވައިފި އެވެ.

”ޕޮއިސް ޕާފިއުމްސް ބިއުޓީ“ގެ ނަމުގައި ހުޅުމާލެ 2 ގައި ރޭ އަލަށް ހުޅުވި މިފިހާރަ ހުންނަނީ ފޭސް އެކަކުން ދޭކަށް ދާން އެންމެ އިތުމަތިން އޮންނަ ހައިވޭގައި ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުރިމަތިން ވާ ގޮތަށެވެ.

މިކަމަށް ޚާއްސަކޮށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ މަޝްހޫރު ޚާދްލާޖް ބްރޭންޑްގެ އުފައްދުންތަކުގެ ރާއްޖޭގެ ސަޕްލަޔައު އީނާތުﷲ އެވެ.

މިއީ ޕޮއިސް ޕާފިއުމްސްގެ ފަސް ވަނަ ފިހާރައެވެ. އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕާފިއުމްސް އާއި ފްރެގްރެންސްގެ ވައްތަރުތައް ޑިސްޓްރިބިއުޓް ކުރަމުންދެއެވެ. އެގޮތަށް ބަލާއިރު، ޕޮއިސް ފާހަގަވެގެން ދާނީ އެންމެ ކުރިން ފެށިގެންވެސް ވަރަށް ގިނަ ވައްތަރެއްގެ ފްރެގްރެންސް އަދި ބްރޭންޑްތަކުގެ ޕާފިއުމް ރާއްޖެއަށް އެތެރެ ކުރާ ކުންފުންޏެވެ.

މި ފިހާރައިން ދެމުން ގެންދާ ޚިދުމަތްތަކާ ބެހޭ ގޮތުން ޕޮއިސް ޕާފިއުމްސްގެ ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް އަބްދުﷲ ޚުޝާމް، އީވީ އަށް ވިދާޅުވީ، އެ ފިހާރަ ހުޅުވީ ހުޅުމާލެ ފޭސް ދޭއްްގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ޕްރޮޑަކްޓްތައް ގަތުމުގެ ފުރުސަތު ދިނުމަށްޓަކައި ކަމަށެވެ. އަދި އެ ފިހާރައިން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ލިބިގެންދާނެ ކަމަށްވެސް ޚުޝާމް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ލަތާފާ، ޚަދްލަޖް، ރަސާސީ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުން ތައް އެ ފިހާރައިން ލިބިގެންދާނެ ކަމަށް ހުޝާމް ވިދާޅުވި އެވެ.

”ޕޮއިސް ޕާފިއުމްސް ބިއުޓީގެ ނަމުގައި މިތަން ހުޅުވީ، ބިއުޓީގެ ޕްރޮޑަކްޓްތައް ފިހާރައިން ލިިިބިގެންދާތީ، އޭގެ ތެރޭގައި ކޮސްމެޓިކްސް، ސްކިން ކެއާގެ ވައްތަރުތައްވެސް ލިބިގެން ދާނެ،”. އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ޕޮއިސް އިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތަކަކީ ވެސް އިތުބާރު ކުރެވޭ، އަދި އެތައް ބައެއްގެ މަގުބޫލުކަމެއް ހޯދާފައިވާ ޕްރޮޑަކްޓްތަކެވެ. ހަމަ އެހެންމެ ކުންފުނީގެ ފިހާރަތަކުން ވިއްކާ ކޮންމެ ޕްރޮޑަކްޓްތަކެއް ވެސް ހެޔޮ އަގެއްގައި ފޯރުކޮށްދެމުންދާ ކަަމަށް ޚުޝާމް ވިދާޅުވިއެވެ.

ޕޮއިސް ޕާފިއުމްސް ބިއުޓީ ހުޅުވުން–ފޮޓޯ:ހުޝާމް

”ޕޮއިސް ޕާފިއުމް ބިއުޓީން ރީތިވުމަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ޕްރޮޑަކްޓްތައް ލިބިގެންދާނެ، އަޅުގަނޑުމެން ޕްލޭން ކުރަމުން މި ދަނީ ދުނިޔޭގެެ މާކެޓަށް އަންނަ އާ ޕްރޮޑަކްޓްތައްވެސް ގެނައުމަށް،“ އޭނާ ވިދާޅުވިއެެވެ.

އާ ފިހާރައާއެކު ރެއިން ފެށިގެން 15 ދުވަހަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއްވެސް ހިނމގަމުން ދާނެ އެވެ. އެގޮތުން އެ ފިހާރައިން ވިއްކާ ޕާފިއުމްތަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާއިރު، މި މުއްދަތުގައި 250 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

އަދި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 17 ޕްރޯ މެކްސްއެއް ލިބިގެންދާނެއެވެ.

ޕޮއިސް ޕާފިއުމްސްއަކީ 2008 އިން ފެށިގެން، ވަރަށް ގިނަ ބަޔަކު ގަޔާވާ ޕާފިއުމްސްގެ ބާވަތްތަކާއި ފްރެގްރެންސްގެ ބާވަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދެމުން އަންނަ ބައެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top