ރޯދަ ހަދިޔާ ހޮނިހިރު ދުވަހު ބަހަން ފަށާނެ

GkRBfy3a0AAhxv1-768x513-1.jpeg

އަންނަ ރޯދަ މަހަށް ރައްޔިތުންނަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހު ބަހަން ފަށަން ނިންމައިފި އެވެ.

ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިގޮތުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހި ނިމިފަ އެވެ. އެގޮތުން، މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމަށް ހާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00 އިން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް 15 ތަނަކުން ދޫކުރާނެ އެވެ. އެއީ މާލޭގެ އަށް ސަރަހައްދަކާއި ހުޅުމާލެ ހަ ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ އެއް ސަރައްދުންނެވެ.

ރަށްރަށުގައި މަސްދަޅު ކޭސް ބަހާނީ ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްވެ އޮވެ އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު 118,977 މަސްދަޅު ކޭސް ބަހާނެ އެވެ.

މަސްދަޅު ކޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ޝަކުވާ ހުށަހެޅުމަށް ޚާއްޞަ ވަޓްސްއަޕް ނަންބަރެއް ވަނީ ކަނޑައަޅާފައެވެ. ރައްޔިތުންނަށް 7741446 ނަންބަރަށް މެސެޖުކޮށްގެން ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައިވެ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 ކޭހާއި، އަތޮޅުތަކުގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 ކޭހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top