ސިއްހީ މަރުކަޒު ތަކުގައި އާ ސޮފްޓްވެއާތަކެއް ބޭނުންކުރަން ފަށައިފި

large_1767183570452TeN-1.png

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ ސޮފްޓްވެއާތަކެއް މިނިސްޓަރު އާދަމް ޝަރީފު އިފްތިތާހުކޮށްދެއްވަނީ: -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ސިއްހީ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި އަލަށް ސޮފްޓްވެއާތަކެއް ތައާރަފުކޮށް، މިއަދު ބޭނުންކުރަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މި ސޮފްޓްވެއާތައް ލޯންޗުކޮށްދެއްވީ، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އަލަށް ތައާރަފުކުރި ސޮފްޓްވެއާތަކުގެ ތެރޭގައި ހިމެނެނީ، ހެލްތު މިނިސްޓްރީއާއި ސިއްހީ މަރުކަޒުތަކާމެދު ކުރެވޭ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ތައާރަފުކުރި ސޮފްޓްވެއާއަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުން ބަލަހައްޓާ މެޑިކަލް ސްޓޮކް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ވަގުތުން މިނިސްޓްރީއަށް ފެންނަ ސޮފްޓްވެއާކެވެ.

އޭގެ އިތުރަށް، އިންސާނީ ވަސީލަތްތައް މެނޭޖުކުރުމަށް ބޭނުންވާ އެޗްއާރު ސޮފްޓްވެއާއަކާއި، މިނިސްޓްރީއާ ހިއްސާ ކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާ ކުރުމަށާއި ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ އިތުރުން ސިއްހީ ޚިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ހިމެނޭ ސޮފްޓްވެއާއެއް ވަނީ ތައާރަފުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްގެ އިތުރަށް ހެލްތު މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top