ޝަރުއީ ދާއިރާގެ މުވައްޒަފުން މުސާރަ ކުޑަވެފައިވާކަމަށް ބުނެ ކަޅުހެދުމުގައި އިހުތިޖާޖު ކޮށްފި

b_202511241115361763964936.9022.jpeg

މި މަހުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑަށް އަމަލު ކުރަން ފަށާފައިވާއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވާތީ އެކަމާ ދެކޮޅަށް މިއަދު ޖުޑިޝަރީ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ގޮސް ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގެ ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް މިއަދު ހިމޭން އިހުތިޖާޖެއްގެ ގޮތުގައި ކަޅު ހެދުމުގައި އޮފީހަށް ނުކުތެވެ. އަލަށް ގެނައި ބަދަލުގެ ސަބަބުން ލީގަލް އޮފިސަރުންނަށް ލިބެން ޖެހޭ ބައެއް އިނާޔަތްތައް މަދުވެ، އިތުރު ގަޑީގެ ފައިސާ ކެޕްކުރުމާއި ޖޮބް މެޓްރިކްސްއަށް ގެނައި ބަދަލުތަކުގެ ސަބަބުން ޖުމުލަ ލިބޭ މުސާރަ ކުރިއަށް ވުރެ ވެސް ކުޑަވެފައިވާ ކަމަށް މުވައްޒަފުން ބުނެ އެވެ.

ޖުޑިޝަރީގެ ބައެއް މުވައްޒަފުން އަންނަނީ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން ހުރި ކަންބޮޑުވުންތައް ހާމަކޮށް ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ޕޭ ހާމަނައިޒޭޝަސްގެ ދަށުން ސަރުކާރުގެ ގިނަ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު، ބައެއް މުވައްޒަފުން ވަނީ މުސާރަ ކުޑަވުމުގެ ޝަކުވާ ކޮށްފައެވެ. އެ ޝަކުވާތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ފަހަރެއްގެ މަތީން ދެއްވައިފައެވެ.

ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައި ވުމުން، އެހެން އަހަރުތަކާ ހިލާފަށް އަންނަ އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ހަރަދު ވަނީ ގްރާންޓެއްގެ ގޮތުގައި ހިމަނައިފައެވެ. އެގޮތުން ޖުޑިޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅައިބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top