އެމްއެފްޑީއޭގެ ހުއްދަ ނެތި، ‘ފޮނި ފޯއް’ ޕެކެޓެއްގައި ހުއްދަ ދިން ކަމަށް ލޭބަލްކުރި މައްސަލައެއް

large_176242507712eJlM.png

ރާއްޖޭގެ ފިހާރަތަކުގައި އާއްމުކޮށް ވިއްކާ، ޔާސް އިންވެސްޓްމެންޓް ކިޔާ ކުންފުންޏެއްގެ ”ފޮނި ފޯއް“ ޕެކެޓުގެ ލޭބަލުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ލިބިފައިވާ ކަމަށް ޖަހައިފައިވަނީ ހުއްދަ ނުދެނީސް ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ކާބޯތަކެތި އުފައްދާ، ތައްޔާރުކޮށް އަދި ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެ އޮތޯރިޓީން ހުއްދަ ދޫކުރި ކަމުގައި ވީ ނަމަވެސް އެފަދަ ތަންތަނުން އުފައްދާ ވަކިވަކި އުފެއްދުންތައް ފާސްކޮށް ހުއްދަ ދޫނުކުރާ ކަމަށެވެ.

އެހެންކަމުން، ‘އެޕްރޫވްޑް ބައި އެމްއެފްޑީއޭ’ ނުވަތަ”އެމްއެފްޑީއޭއިން ހުއްދަ ދީފައި“ ފަދަ އިބާރާތްތައް ލޭބަލުގައި ޖަހައިގެން ވިއްކުމަކީ، އެ ތަކެތި ގަންނަ މީހުންނަށާއި ބޭނުންކުރާ މީހުންނަށް އޮޅުންއަރާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

އެ އޮތޯރިޓީން ވަނީ، ހުއްދަ ނުދޭ ތަކެތީގައި އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ކަމަށް ލޭބަލް ޖަހާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top