ސަރުކާރުގެ އެހީއާއެކު ބ. ހިތާދޫގައި އައިކަންސް އެސޯސިއޭޝަނުން ހެދި ނޭޗާ ޕާކް ހުޅުވައިފި އެވެ.
މިއީ އިޖުތިމާއީ ގޮތުން މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ދޭ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
މި މަހު 26 ގައި ނިނމާފައިވާ މި ޕާކު ހުޅުވައި ދެއްވީ ޔޫތު މިނިސްޓްރީގެ ރަޖިސްޓްރާ އަލީ ޝަކީލެވެ.
މި ޕްރޮޖެކްޓު ހިންގުމަށް ސަރުކާރުން ގްރާންޓް ދީފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ގައެވެ.
މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައު ބާރުވެރި ކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށް ދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުންކަމަށް ސަރުކާރުން ބުނެއެވެ.







