އަންނަ މަހުންފެށިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ: ރައީސް

400-2-2.jpeg

އަންނަ މަހުން ފެށިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، ސަރުކާރުން އިއުލާން ކޮށްފައި އޮތް ގޮތަށް ނޮވެމްބަރު 1 އިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެކަމަށެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާއިރު ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަކީ މިހާތަނަށް އައިއިރު ވަރަށް ދަށް ގިންތިއެއްގައި ގިންތިކޮށްފައި އޮންނަ އިދާރާތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ ރެއާއި ދުވާލު މަސައްކަތްކުރަންޖެހޭ ބައެއްކަމަށްވެފައި ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އެއްވަނަ ދަރަޖަށް ބަދަލުކޮށް، ނޮވެމްބަރު މަހުން ފެށިގެން މުސާރަ ބޮޑުވެގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބާކީހުރި ދައުލަތުގެ މުވައްސަސާތައް މިއަންނަ އަހަރު ޕޭ ހާމަނައިޒް ކުރެވޭނެކަމަށެވެ. ސަރުކާރުން މިކަން މިގޮތަށް ތަރުތީބުކޮށްގެން ކުރިއަށްގެންދަނީ ރައްޔިތުންގެ އާމްދަނީ މަތިކޮށްދިނުމުގެ ބޭނުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top