ޒާން އެންމެ ފަހުން ހާފިޒަކަށް

viber_image_2025-10-08_15-08-28-192.jpg

އުމުރުން 12 އަހަރުގައި ކީރިތި ޤުރުއާން ހިތު ދަސްކުރަމުގެ ޝައުގުވެރިކަން އުފެދި އެރޮނގުން މަސައްކަތް ކުރަމުން އައި އޭދަފުށީ ގުލާބީވިލާ، ޒާން މުހައްމަދު ޒަމީލް (20އ.) އެންމެފަހުން ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހޯދައިފިއެވެ.

ޒާންގެ މި އަގުހުރި މަސައްކަތް ފާހަގަ ކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ މަރުހަބާ ކިޔައި އިއްޔެ އޭނާގެ އާއިލާއާއި ބައްދަލުކުރައްވާފަ އެވެ.

މިއަހަރު އޭ ލެވެލް އިމްތިހާނުވެސް ނިންމި ޒާން ވަނީ ރާއްޖޭގެ އިތުރުން އަވައްޓެރި އިންޑިޔާ އިންވެސް ޚާއްސަކޮށް ދީނީ ތައުލީމު އުނގަންނައިދޭ މަރުކަޒަކުން ތައުލީމު ހޯދާފައެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރުމުން ހާފިޒުކަމުގެ ސަނަދު ލިބެނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި އޮންނަ ޚާއްސަ ކޮމެޓީއަކަށް ޤުރްއާން އެއްކޮށް ކިޔައި ދިނުމުންނެވެ. ޒާން ވަނީ މި އިމްތިހާނުން ފާސްވެ، ހާފިޒް ކަމުގެ ސަނަދު ހާސިލުކޮށްފައެވެ.

ޒާން ވަނީ ފާއިތުވި ދެއަހަރުގެ ރަމަޟާން މަހު އޭދަފުށީގައި ދަމު ނަމާދާއި ތަރާވީޙް ނަމާދު އިމާމުވެ ކޮށްފައެވެ. ހަމައެހެންމެ އޭދަފުށީގައި ބާއްވާ ޤުރްއާން މުބާރާތްތަކުގައިވެސް ބައިވެރިވެ ރަން ވަނަތައްވެސް ވަަނީ ހޯދާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top