ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުން 1ވަނަ ހޮވޭ ފަރާތްތަކަށް ޚާއްސަ ސްކޯލާޝިޕެއް

tWae0ofXIxy5Tj6uUnmuBCf1Kgx0VKWmRFlRR2nw-scaled.jpg

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން 1ވަނަ ހާސިލު ކުރާ ފަރާތްތަކަށް ހާއްސަ ސްކޯލާޝިޕެއް ދޭން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިކަން އިއުލާން ކޮށްދެއްވަމުން ވިދާޅުވީ މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމައަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާކަމަށެވެ.

އަދި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައި، ބަލައިގެން ކިޔެވުމުގެ ބައި، އަދި ޙާފިޡުންގެ ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން، މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

މީގެއިތުރުން މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވުމުގެ އިތުރުން އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top