ކޮންމެ ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް

img_md_202407161132231721154743.699-850x548-1.jpeg

ގުރުއާން ހިތުދަސްކުރި ހާފިޒަކަށް ރައީސް މުއިއްޒު އިނާމު ދެއްވަނީ-- ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ތ. ވޭމަންޑޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމެވެ.

”އަދި އަމާޒަކީ މިއަހަރުގެ ބާކީ އޮތްތަނުގައި ދެން އޮތް ތިން އަހަރާއި އެއްކޮށް ރާއްޖޭގެ ހުރިހާ، ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމް ކުރުން،“. ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގައި ގޮފިތައް ގާއިމުކުރަނީ އެ ރަށެއްގެ އަބާދީ އާއި ބިން އޮތް މިންވަރާއި އަދި ވަސީލަތްތައް ހުރި ވަރުން ކަމަށެވެ. އަދި އެކި ރަށްތަކުގައި އިސްލާމީ މަރުކަޒުތައް އަޅަމުންދާކަން ވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ މަޝްރޫއުތައް ވެސްކުރިއަށް އޮތް ތަނުގައި ގިނަ ރަށްތަކުގައި ކުރިއަށް ދާނެ ކަމަށެވެ.

ހަމަ އެހެންމެ މިހާރު ރާއްޖޭގެ އެކި ރަށްތަކުގައި އިސްލާމީ މަރުކަޒުތައް އަޅަމުންދާކަން ވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަރުކަޒުތައް ވެސް ކުރިއަށް އޮތް ތަނުގައި ގިނަ ރަށްތަކުގައި އެޅިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށްތަކެއްގައި ޒިކުރު ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން ދާދި އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“އިސްލާމް ދީނުގައި ހުންނަ މުހިންމު ޝިއާރުތަކާއި ނަސޭހަތްތަކާއި ހިމެނޭ ގޮތަށް ތި ބޭފުޅުން މަގުމައްޗަށް ނުކުމެ އުޅޭއިރުގައި ކިޔާލެވޭ، އޭގެ ސަބަބުން އިމާންތެރިކަން އިތުރުވެގެން ދާނެ” ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top