ކުރީގެ ރައީސުންގެ އިނާޔަތް ކުޑަނުކޮށް ވާކަށް ނެތް: ރައީސް

Capture-10-rbvyg8qqgpe2cy3mldxh4z6wypcpna7t82pxict384.png

ގައުމުގެ ހާލަތު އޮތްގޮތުން ކުރީގެ ރައީސުންގެ އިނާޔަތް ކުޑަނުކޮށް ވާން ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދެމުންދާ ޕޮޑްކާސްޓުގެ ނުވަވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ މިހާރު ކުރީގެ ރައީސުންނަށް ވަރަށް ބޮޑު އިނާޔަތެއް ލިބެމުންދާ ކަމަށެވެ.

އެހެން ނަމަވެސް ކުރިން ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އަބުރުވެރިކަމާ އެކީގައި ގައުމަށް ހިދުމަތްކޮށް ނޫނީ އުޅުއްވާނެ ފުރުސަތު، ގާނޫނުން ދައުލަތުން ދެއްވަން ޖެހޭނެ ކަމަށް  ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން ކުރެވޭނީ ގައުމެއްގެ ނިސްބަތުން އެ ގައުމަކަށް ވާން އޮތް މިންވަރަކުން ކަން ރައީސް ފާހަގަކުރެއްވި އެވެ.

”އެހެންވީމާ، ކުރީގެ ރައީސުންނަށްދޭ އިނާޔަތްތަކަށް އެބަޖެހޭ ބަދަލުތަކެއް އަންނަން. ބައެއް އިނާޔަތްތައް އުނިވާން. ބައެއް އިނާޔަތްތަކަށް ބަދަލުތަކެއް އަންނަން. އެއީ، އަޅުގަނޑު ހިތުން ގައުމުގެ ހާލުގެ ދުލުން ގޮވަމުންދާ ތެދު ހަގީގަތެއް.“ ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތް، މަޖިލީހުގެ ދައުރު ހުޅުވުމުން، ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި މިހާރު މަޖިލިސްގައި ނޫޅުއްވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކަށް އިސްލާހުތަކެއް ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“ބައެއް އިނާޔަތްތައް ވަކިކުރަން ހުށަހަޅާނަން. އެއީ، އަޅުގަނޑު ހިތުން ގައުމަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް.” ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން، މެންބަރުކަމުން ވަކިވުމަށްފަހު ލިބޭ އިނާޔަތްތަކަކީވެސް ރައްޔިތުން އިންސާފުވެރި ގޮތެއްގައި ލިބޭ އެއްޗެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ބޭފުޅުންނަށް ލިބޭ އިނާޔަތައް ވެސް މިހާރަށްވުރެ ކުޑަވާންޖެހޭނެ ނުވަތަ ބަދަލުތަކެއް އަންނަންޖެހެއެވެ. އެއް ދައުރު އުޅުނީމާ ވެސް މިހާރު ކޮންމެވެސް އެއްޗެއް ލިބޭ ކަމަށް ވިދާޅުވެ، މިއީ ވިސްނަންޖެހޭ އަދި ބަދަލުތަކެއް އަންނަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top