ދޮންފަނު ބިން ނުހިއްކައިގެން ކުރާ މުޒާހަރާ، އެންމެ ފަހުން ކަނޑުމައްޗަށް

jn-2.webp

ބ.ދޮންފަނު ބިން ނުހިއްކަން ނިންމުމާ ގުޅިގެން އެރަށުގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން އެންމެ ފަހުން ކަނޑުމަތީގައި ވެސް މުޒާހަރާ ކުރަން ނިންމައިފިއެވެ.

އެކަމާގުޅިގެން ރަށު ކައުންސިލުންވަނީ ރަށުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވުކުރުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ދޮންފަނު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދޮންފަނުގައި ކުރިއަށް ގެންދަން އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ބިން ހިއްކުމުގެ ބައި އުނިކޮށް ބިން ނުހިއްކާ ގޮތަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން މިހާރު ދޮންފަނުގައި ސިލްސިލާކޮށް ރައްޔިތުން ކުރިއަށް ގެންދާ މުޒާހާރާތަކުގެ ތެރެއިން ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާކޮށް މުޒާހިރާތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި ކަނޑައެޅި ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ދެކޭތީ އާއި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާދިސާއެއް ހިނގުމަށް ފުރުސަތު އޮތްކަމެއްކަމަށް ކައުންސިލަށް ފެންނާތީ ކައުންސިލުން ވަކި ގޮތެއް ކަނޑައަޅާ އަންގަންދެން މިއަދުން ފެށިގެން ރަށުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި އެއްވެސް ފަރާތަކުން ފީނުމާއި އަދި ޑައިވު ކުރުމަކީ މަނާ ކަމެއް ކަމަށް ދޮންފަނު ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަމުން ދާނެ ކަމަށެވެ.

ދޮންފަނުގެ ބިން ހިއްކަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރައްވައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 13 ގަ އެވެ.

ނަމަވެސް ބިން ހިއްކައިފި ނަމަ އެ ރަށާ ކައިރީގައި އޮންނަ ހަނިފަރުބޭ އަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ އެ މަޝްރޫއު ކުރިއަށް ނުގެންގަން ގިނަ ބަޔަކު ގޮވާލަމުން ދިއުމާ ގުޅިގެން ނިންމުން ބާތިލުކުރިކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.

ދޮންފަނުގެ ބިން ނުހިއްކި ނަމަވެސް އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top