ބ. ތުޅާދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަނިކޮށް ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ތުޅާދޫ ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
އެތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގްރާމު ކަމަށާއި އެތަކެތި ފެނިފައިވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށް ފުލުުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިޔަސް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.






