އޭދަފުށީގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާކަމަށް ބުނެފި

193434fa-6fd0-42c4-8bc9-d614c5f2a34b-e1754732171637.jpeg

ބ. އޭދަފުށީގެ ހުޅަނގުކޮޅުގައިއަލަށް ހަދާ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީ އިން ބުނެފިއެވެ.

މަސައްކަތް ހަވާލުކުރިތާ ދެއަހަރަށްވުރެ ގިނަދުވަސް ވެފައިވާ މި ޕްރޮޖެކްޓްގެ އަދާހަމަ ދެމުން އެމްޓީސީސީ އިން މިއަދު ބުނީ އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ބަނދަރުގެ 35 އިންސަންތަ މަސައްކަތް  ނިމިފައވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކުއޭ ވޯލް ހެދުމުގެ މަސައްކަތް ކަމަށާއި ކޮންކްރީޓް ބްލޮކްސް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 402 މީޓަރުގެ އެއްގަމުތޮށި ލުމާއ،ި 170 މީޓަރުގެ ބޭރުތޮށި ލުމާއ،ި 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 64.67 މިލިއަން ރުފިޔާއެވެ.

މީގެ 30 އަހަރު ކުރިން އޭދަފުށީ ރައްޔިތުންގެ މަސައްކަތުން ތަރައްގީ ކުރި ބަނދަރު ފުރި، އާ ބަނދަރަކަށް ބޭނުންވެފައިވާތާ ކިތަންމެ ދުވަހެކެވެ. ބ.އަަތޮޅުގެ ރަށްރަށުގެ އިތުރުން އަވައްޓެރި އެހެން އަތޮޅުތަކުގެ ވިޔަފާރިވެސް ގުޅިފައިވާ އޭދަފުށީގެ މައި ދޮރާއްޓަކީ މި ބަނދަރު ކަމަށް ވާއިރު ވިޔަފާރި މުދާ އަރުވާ ބޭލުމަށް ވަކި ސަރަހައްދެއް ކަނޑައެޅިފައި ނެތީވެސް ބަނދަރުގެ ޖާގައިގެ ދަތިކަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top