”ގައުމީ ނިއުސް އެޖެންސީ“އުފައްދަނީ

528334747_122214926072120492_1334689143076405589_n.jpg

”ގައުމީ ނިއުސް އެޖެންސީ“ އެއް އުފެއްދުމުގެ އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީ އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމާ ދެމެދު ސޮއިކޮށްފި އެެވެ.

އެއްބަސްވުމުގައި މިއަދު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހީމް ވަހީދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީނެވެ.

އިންފޮމޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އުފައްދާ ނިއުސް އޭޖެންސީން ރަޖިސްޓަރީކޮށްފައިވާ ނޫސްތަކަށް ބޭނުންވާ ހަބަރާއި، ފޮޓޯ އަދި ވީޑިއޯ ޑިޖިޓަލް ޕޯޓަލެއްގެ ތެރެއިން ލިބޭނެ ކަމަށެވެ.

ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތް ދޭނީ މިނިސްޓްރީގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށްވެސް އިންފޮމޭޝަން މިނިސްޓްރީން ބުންޏެވެ.

މި ޚިދުމަތަކީ، ރަޖިސްޓްރީކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެން ދާނެ ޚިދުމަތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top