ފޭލި ޖަމިއްޔާއަށް ބީއެމްއެލް ”ބޭންކް ފަންޑް“އިން ދެލައްކަ ރުފިޔާގެ ހިލޭ އެހީ

large_175308039951gEQk.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި އަހަރުގެ ބޭންކް ފަންޑް ލިބޭ ފަސް ޖަމިއްޔާތަކުގެ ތެރޭގައި އޭދަފުށީ، ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި ޖަމިއްޔާ) ހިމެނިއްޖެ އެވެ.

ބޭންކު ފަންޑުން މިޖަމިއްޔާ އަށް މިއެހީ ދީފައިވަނީ ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް، ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމު ކުރުމަށް ކަމަށް ބޭންކުން މައުލޫމާތު ދީފައިވެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ބޭންކް ފަންޑަކީ ތައުލީމާއި ތިމާވެށްޓާއި ކުޅިވަރާއި މުޖުތަމަޢު ކުރިއެވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭ ފަންޑެކެވެ.

މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭންކުން އަހަންމިއްޔަތުކަން ދޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top