ހިތާދުއާއި ފެހެންދޫ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާނުކޮށްފި

DSCN2199.jpg

ބ.ހިތާދުއާއި ފެހެންދޫ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.

ބ.އަތޮޅުން މިދެރަށާއެކު ޖުމްލަ 28 ރަށަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

ސީއެސްސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ މަގާމުގެ މުސާރަ އާއި އެގްޒެކެޓިވް އެލަވަންސް ދޭނީ ދެ ރޭންކަށް ކަމަށެވެ. އެގޮތުން ފުރަތަމަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6800 ރުފިޔާ ލިބޭނެއެވެ. ދެވަނަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 8835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6450 ރުފިޔާ ލިބޭނެއެވެ.

މި މަގާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top