ޖުލައި 28، ސަރުކާރު ބަންދު

bmn-15.jpg

އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން އެގޮތަށް ނިންމެވީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީ އާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހުގެ ހަރަކާތްތަކުގެ އިތުރުން 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމްގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ އެކަމަށްޓަކައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ނިންމެވުމާ އެކު މި ފަހަރުގެ މިނިވަންދުވަހާ ގުޅިގެން ހަތަރު ދުވަހަށް ސަރުކާރު ބަންދު ވާނެ އެވެ.

މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރެވެ.

ރާއްޖެ އަށް އިނގިރޭސީންގެ އަތްދަށުން މިނިވަން ލިބުނީ ޖުލައި 26، 1965 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top