ރޯގާ ޖެހުމާއި ހުން އައުން އިތުރުވަނީ

Dr_Faisal.jpg

ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް

މިދުވަސްވަރު ރާއްޖޭގައި ރޯގާޖެހުމާއި ހުން އައުން އިތުރުވެ ބަލި ފެތުރެމުންދާކަމަށް، ކުޑަކުދިންގެ ހާއްސަ ޑރ. އަޖްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވީ މިދުވަސްވަރު ރޯގާޔާ ހުން ވަރަށް ބާރަށް ފެތުރޭ ކަމަށާއި، އެހެންކަމުން ކުދިން ބަލިވެއުޅޭނަމަ ސްކޫލަށް ނުފޮނުވަން ވަނީ އިލްތިމާސް ކޮށްފަައެވެ

ހަމައެހެންމެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ޑޮކްޓަރު ވަނީ ކިޔައިދެއްވާފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި

އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ޑޮކްޓަރު ވަނީ ކިޔާދެއްވާފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން އަތްދޮވުމާއި ބަލިކުދިން ސްކޫލަށް ނުފޮނުވުމާއި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ޓިޝޫއަކުން ބަންދުކުރުމުގެ އިތުރުން ގިނަގިނައިން ދިޔަތަކެތި ބޭނުންކުރުން ހިމެނެއެވެ.

ޑރ. ފައިސަލް ވިދާޅުވީ ރޯގާޖެހި ނޭވާލަން އުނދަގޫވާނަމަ ނުވަތަ ހުން އައިސް ތިން ދުވަސް ވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށްވެސް އިރުޝާދު ދެއްވާފައެވެ.

މިދުވަސްވަރަކީ ދެމޫސުން ބެދޭ މޫސުން ކަމަށް ވެފައި މޫސުން ބަދަލުވަމުންދާ ދުވަސްވަރަކީ ރޯގާއާއި ހުން ފަދަ ބަލިތައް ފެތުރުން އިތުރުވެގެންދާ ދުވަސްވަރެއްކަން ސިއްހީ މާހިރުން ފާހަގަ ކުރައްވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top