ބ.ގޮއިދޫ ސްކޫލު ގައި ވަޒީފާއަދާކުރާ އެއް ޖިންސުން ހުޅުން ހިންގަން ދައުވަތުދޭ ބިދޭސީ ޓީޗަރެއްގެ މައްސަލަ ފެންމަތި ވެއްޖެ އެވެ.
ބިދޭސީ ފިރިހެން ޓީޗަރަކު އެކި މީހުންނަށް މެސެޖުކޮށް އެއްޖިންސުން ގުޅުން ހިންގަން ދައުވަތު ދެމުން ދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ، ފުލުހުން މިހާރު އެމައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެއެވެ.
ފުހުހުން ވިދާޅުވި ގޮތުގައި އެ މައްސަލަ ރިޕޯޓްކުރީ އިއްޔެއެވެ. އަދި މައްސަލައިގެ މައުލޫމާތު، ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށް، އެ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވަނީ ފަށާފަ އެވެ.
އެއްޖިންސުން ގުޅުން ހިންގަން ދައުވަތު ދޭ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ޓިޗަރަކީ ގޮއިދޫ ސްކޫލްގެ އިނގިރޭސި ކިޔަވައިދޭ ޓީޗަރެއް ކަމަށް އެނގިފައިވެ އެވެ. އެ ޓީޗަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެ ޓީޗަރު އެކި މީހުންނަށް މެސެޖުކޮށް އޭނަ އުޅޭ ތަނަށް އައުމަށް ދައުވަތުދީ ތަފާތު ވާހަކަތައް ދައްކާފައިވާ މެސެޖުތަކުގެ ސްކްރީން ޝޮޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.





