ދިވެހި ހައްޖުވެރިން ފުރަން ފަށާނީ 26 ގައި

ިުޔ.jpg

ރާއްޖެއިން މި އަހަރު ހައްޖަށް ދާ ހައްޖާޖީން ފުރަން ފަށާނީ މި މަހުގެ 26 ގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ރާއްޖެއިން މިއަހަރު 1،000 މީހުން ހައްޖަށްދާ އިރު، ހުރިހާ އެންމެން ވެސް ހައްޖަށް ދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ހައްޖަށް ދާ މީހުންގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެ އެވެ.

ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 26 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ. އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓަކާއި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ.

ހައްޖާޖީންގެ ފަހު ފްލައިޓުގައި ފުރާނީ މި މަހުގެ 30 ގަ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖޫން މަހުގެ 5 އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުން ފުރުމާއި ސައުދީ އަށް އެތެރެވުމުގައި ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ. އެއީ މި އަހަރު ”މައްކާ ރޫޓް އިނިޝިއޭޓިވް“ ގައި ރާއްޖެ ހިމެނުމާ ގުޅިގެންނެވެ. އެތަނުގެ އިސް ވަފުދެއް ވެސް މި ވަގުތު ރާއްޖޭގައި އެބަ އުޅެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top