ކުޑަކުއްޖަކާ ބެހުނު މީހަކު 54 އަހަރަށް ޖަލަށް

264852_3_671cea71db3481c825bfaa8fdc97296b53def12c_large.jpg

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ 51 އަހަރުގެ މީހެއްގެ މައްޗަށް އެ ހުކުމް އިއްވީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާ މެދު އެކި ދުވަސް މަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އޭނަގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގައި އޭނަ އޭނާ ބަންދުގައި ތިން އަހަރު ހޭދަކޮށްފައި ވަނީ ތަންޒީފު ކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެކެވެ.

އެ މީހާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު ހައްޔަރުކުރީ ސެޕްޓެމްބަރު 3، 2022 ގަ އެވެ. އޭނަގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި، ތަހުގީގު ނިންމައި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެ އަހަރުގެ އޮކްޓޯބަރު 18 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top