ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ދެނީ

big_tu6XXLmz28X57DJ4HzxGSiCwt.jpg

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު އޭޓީއެމް ގާއިމު ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި 250 އަށްވުރެ ގިނަ ސެލްފް ސާވިސް އޭޓީއެމް ގާއިމުކުރެވޭނެ ކަމަށެވެ.

”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” ގެ ނަމުގައި ސަރުކާރުން ފެށި މަޝްރޫއަކީ މުހިންމު ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި، ޝަރީފު ވިދާޅުވީ އާބާދީ ކިތަންމެ ކުޑަ ރަށަކުންވެސް ބޭންކްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އެ ގޮތުން މިއަދު ހަތް ރަށެއްގައި ބީއެމްއެލް އިން ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ފަށާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top