ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދުމަށް ބ. އަތޮޅުން ޚާއްސަ ހަރަކާތެއް

big_oubnQiV1G80MQMo.jpg

ފީނައިގެން ދުނިޔޭގެ ރެކޯޑުފޮތުން ނުވަތަ ގިނީސް ވޯލްޑް ރިކޯޑުން ޖާގަ ހޯދުމަށް ބ. އަތޮޅުން ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ބާއްވަނީ ބ. އަތޮޅު ކައުންސިލާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެންނެވެ.

މިކަމުގެ އެއްބަސްވުމުގައި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ފަހުދު ފާއިޒެވެ. ބ. އަތޮޅު ކައުންސިލުން ސޮއިކުރެއްވީ އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު އަފްރާހް އެވެ.

މިއީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން އަހުލުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ބ.އަތޮޅު ޕްރޮމޯޓު ކުރުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތެކެވެ.

ރިކޯޑް ހެދުމަށް މަސައްކަތް ކުރަނީ ބ. އަތޮޅު އަނގަފަރު ސަރަަހައްދަށް އެއް ފަހަރާ 1،000 އަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނައިގެންނެވެ.

“ބާނި” ގެ ނަމުގައި ބާއްވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން އޮކްޓޯބަރު މަހުގެ 3 ގައެވެ

މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ބ. އަތޮޅުގެ ރައްޔިތުންނާއި އެ އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިތުރުން ޝައުގުވެރިވާ އެހެން ފަރާތްކަށް ވެސް ދޭން ވަނީ ނިންމައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top