ގޮއިދުއާއި ފުޅަދޫ ސްކޫލްގެ ނުނިމިހުރި މަސައްކަތްތައް ހަވާލުކޮށްފި

ujhh.jpg

ސްކޫލުތައް މަރާމާތު ކުރުމަށް ކުންފުނިތަކާމެދު އެއްބސްވުމުގައި ސޮއި ކުރުމުގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ

ބ.ގޮއިދުއާއި ފުޅަދު ސްކޫލްގައި ނުނިމިހުރި މަސައްކަތްތައް މަސައްކަތްތައް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން  ފެނަކަ އާއި ހަވާލު ކޮށްފި އެވެ.

މި ދެސްކޫލްގެ އިތުރުން ވެސް ރާއްޖެތެރޭގެ ގިނަ ސްކޫލްތަކެއްގައި ނުނިމި ހުރި މަސައްކަތް ކުރަން މިއަދު ވަނީ ސަރުކާރު ތިން ކުންފުންޏަކާ ހަވާލު ކޮށްފަ އެވެ.

މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހްމަދު ސައުދީއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހްއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top