ފިނޮޅު ރިސޯޓުގައި ކާނާ ވިހަވެގެން ގިނަ ބަޔަކު ބ. އަތޮޅު ހޮސްޕިޓަލަށް ގެނެސްފި

997672767f3bbfd726883a3f71eaa455efb2d0063f65715f22a540da03174140_full.jpg

ކާނާ ވިވެގެން ފިނޮޅު ރިސޯޓުން ގެނައި ބައެއް މީހުން ބ. އަތޮޅު ހޮސްޕިޓަލުގައި ފޮޓޯ : އީޓީ

ބ. ކަނިފުށީގައި ތަރައްގީ ކުރަމުން އަންނަ “ފިނޮޅު” ރިސޯޓުން ކާނާ ވިހަވެގެން ގިނަ ބަޔަކު ބ. އަތޮޅު ހޮސްޕިޓަލަށް ގެނެސް ފަރުވާ ހޯދަން ފަށައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ކާނާ ވިހަވެގެން ގެނައި އެންމެންވެސް ތިބީ ވަރަށް ބޮޑަށް ހާލު ދެރަވެފައި ކަމަށާ އެކަން އެގޮތަށް ދިމާވީ ގިނަ އަދަދަކަށް ހޮޑު ލެވުމުން ކަމުގައެވެ. އަދި ވިދާޅުވީ ކާނާ ވިހަވުމުގެ ސަބަބުން ހާލު ދެރަވެގެން ގެނައި 31 މީހުންގެ ތެރެއިން 10 މީހުން މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި ހާލު ސީރިއަސް މީހަކު ނެތް ކަމުގައެވެ.

ފިނޮޅު ރިސޯޓުގެ މުވައްޒަފްކު ބުނި ގޮތުގައި ފަންސާހަށް ވުރެ ގިނަ މީހުންނަށް މިކަން ދިމާވެފައިވަނީ އައިސްކޮށްފައި ހުރި މަސްތަކެއް ކެއުމުގެ ސަބަބުންނެވެ. އަދި ކާނާވިހަވެގެން ހޮސްޕިޓަލަށް ނުގެންނަ އިތުރު މީހުންނަށް ފަރުވާ ދެމުންދަނީ ބ. އަތޮޅު ހޮސްޕިޓަލްގެ ދެ ޑޮކްޓަރުން އެރިސޯޓަށް ގޮސްގެން ކަމުގައެވެ.

މިކަން ދިމާވެފައިވަނީ  އެރަށުގައި މަސައްކަތް ކުރާ ބިދޭސީންނަށެވެ.

ކަނިފުއްޓަކީ ކޯސްޓްލައިން ކުންފުނިން ތަރައްގީކޮށް، “ފިނޮޅު” ރިސޯޓްގެ ނަމުގައި މި އަހަހަރުގެ މެދުތެރޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ރިސޯޓެކެވެ. އެ ރަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއިން ބުއިމާއި އެކަމޮޑޭޝަންގެ ކަންތައްތައް ހަމަޖެހިފައި އޮންނަނީ އެރަށާ ކައިރީގައި އޮންނަ މާ މަޑުއްވަރީގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top