މާލެ ދަތުރުކުރާ ފެރީ ލޯންޗްތަކަށް ހެންވޭރު ފެރީ ޓާމިނަލް ހާއްސަކުރަނީ

20250306160342_sysl9xVWLuEzy0yWeCbi.jpg

ރަށްރަށުން މާލެ ދަތުރުކުރާ ފެރީލޯންޗް އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އާއި ހުޅުމާލެ ފެރީ ޓާރމިނަލް ހާއްސަ ކުރަން ނިންމައިފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ އެމްޓީސީސީން ނެވެ. އެކުންފުނިން ކުރި އިއުލާނެއްގައި ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން، މާލެ އާއި އަތޮޅުތަކާއި ދެމެދު ރަށްރަށުން މާލެ އަށް ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދުކުރާ ކަމަށެވެ.

“ވީމާ، ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކުންފުނީގެ ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް އެޑްރެސް: [email protected]. އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިކުންފުނީގެ ނަންބަރު 7978865 އަށް ގުޅުއްވުން އެދެމެވެ.” އެމްޓީސީސީގެ އިއުލާންގައި ވެއެވެ.

މާލެއާއި ރާއްޖެތެރއާއި ދެމެދު ފެރީ ކުރާ ލޯންޗްތައް މިހާރު ލަފާފުރަނީ އެމްއެމްއޭ ކުރިމަތީ ފަޅުތެރެއިންނާއި ބޭންކް އޮފް ސިލޯން ކުރިމަތިންނެވެ. މި ސަރަހައްދުތަކަކީ ބާރުބޮޑު ސަރަހައްދުތަކަށްވާތީ އަރައިފޭބުމަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. މީގެ އިތުރުން ދަތުރުވެރިން ހިޔާވެލާނެ ތަންކޮޅެއްވެސް ނުހުންނައިރު ކުޑަކުދިންނާއި އަންހެނުންވެސް އެތައް އިރަކު ކޮޅަށް ތިބެން މަޖުބޫރު ވެއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top